ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14 ބުރީގެ އިމާރާތެއްގެ ބިންގަ އަޅައިފިއެެ. މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކިޔާވާ ކުދިންނަށް ޚާއްސަ ކޮށްގެން އަޅާ އިމާރާތެކެވެ. އިމާރާތް ފަރުމާކޮށްފައިވަނީ ރާއްޖެއަށް މުޅިން އައުކޮންސެޕްޓަކަށް ކަމަށް އެޗުޑީސީން ވިދާޅުވިއެވެ.

މި މަޝްރޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޓައިމް އިންޖިނިއަރިން ޓެކްނޮލޮޖީ އާއެވެ. މިއީ ކޯލިވިން ހައުސިމް މަޝްރޫއުގެ ދަށުން އަޅާ އިމާރާތެކެވެ. މިތަނުގައި އެހެންމީހުންނާ ހިއްސާކޮށްގެން އުޅެވޭގޮތަށް ފަރުމާކޮށްފައިވާ ކޮޓަރިއާއި ބަދިގެ ފަދަ ތަންތަން ހުންނާނޭ ކަމަށް އެޗުޑީސީން ވިދާޅުވިއެވެ.

މާލޭގައި ބޮޑުއަގު ދީގެން ތަންތަން ކުއްޔަށް ހިފައިގެން ކިޔަވަން އުޅޭ ކުދިންނަށް ދިމާވެފައިވާ ހައުސިންގެ މައްސަލަ މި މަޝްރޫއުގެ ސަބަބުން ހައްލުވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޗުޑީސީން ވަނީ ވިދާޅުވެފައެވެ.

މިއިމާރާތުގެ ދެވަނަ ފަންގިފިލާއިން ފެށިގެން ނުވަނަ ފަންގިފިލާގައި ހުންނާނޯ ޝެއާކުރެވޭ ކޮޓަރިތެކެވެ. ބާކީ ފަންގިފިލާތަކުގައި ހުންނާނީ ސިންގަލް ރޫމްތަކެވެ. މިއީ ދިވެހީންނަށް ޚާއްސަ ތަނެކެވެ.