ރާއްޖެގައި ހިންގާ ސިޔާސީ ހަތް ޕާޓީއެއް ޖޫރިމަނާ ކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖޫރިމަނާ ކޮށްފައިވަނީ ޢަދާލަތު، ޑީއާރުޕީ، އެމްއެންޕީ، އެމްއާރުއެމް، ޕީއެންސީ، އެމްއެސްއެލްޑީޕީ، އެމްޓީޑީ ކަމަށެވެ.

އެޕާޓީތައް ޖޫރިމަނާ ކޮށްފައިވަނީ ކޮންމެ ޕާޓީއެއްވެސް ވިހި ހާސް ރުފިޔާއިންނެވެ. ޖޫރިމަނާ ކުރި ސަބަބެއް ކަމަށް އީސީން ވިދާޅުވެފައިވަނީ މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އެ ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ ކަމަށެވެ. މިފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް ޓުވީޓުގައި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އީސީއެވެ.