މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކޮށްފައިވާ ހުއްދައާ ޚިލާފަށް ކޯސްތައް ނުހިންގުމަށް އެ އޮތޯރިޓީން އެދިވަޑައިގެންފިއެވެ.

އެ ތަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ހުއްދައާ ޚިލާފަށް ކޯސްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭ ކަމަށެވެ. އެމްކިއުއޭއިން ވިދާޅުވެފައިވަނީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން، އެ ހުއްދައާއި، އެކްރެޑިޓޭޝަން ގައިވާއިދާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހިންގަން ހިންގަން ހުއްދަ ނުދޭކޯސް އޮންލައިންކޮށް ހިންގާ ކަމަށް ބުނެ އިޝްތިހާރު ކުރަމުން އަންނަ ކަމުގެ ޝަކުވެސް ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެމްކިއުއޭއިން ދެއްވާ ހުއްދައާ ނުލައި ކޯސްތައް އިޝްތިހާރު ނުކުރުމަށް އެދިވަޑައިގެންފައިވެއެވެ.

އެކްރިޑޭޝަން ގަވާއިދުގައި ބުނަނީ ރާއްޖޭގައި މަތީއުލީމް ޕްރޮގްރާމްތައް ހިންގޭނީ ނުވަތަ ހިންގުމުގެ ކުރިން އެމްކިއުއޭ އިން އެކްރިޑެޓް ކުރަން ޖެހޭނޭ ކަމަށެވެ. އެހެނަސް އެއާ ޚިލާފަށް ބައެއް ފަރާތްތަކުން ކޯސްތައް އިޝްތިހާރު ކުރަމުން އަންނަކަށް ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެގޮތަށް އަމަލު ކުރުމަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.