މާލޭސިޓީގެ މަގުތަކުން ކުނިނަގައި ސާފުކުރުމުގެ އޮޕަރޭޝަނެއް ވެމްކޯއިން ފަށައިފިއެވެ.
މިއީ ތިމާވެއްޓާބެހޭ މިނިސްޓަރ އާމިނަތު ޝައުނާގެ ލަފާގެ މަތިން ފެށި މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ސްޓޭޓު މިނިސްޓަރ އަލީ ސާލިހު ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންގެ އާންމު ސިއްހަތު ވަރަށް މުހިންމުކަމަށެވެ.
މީގެ ކުރިން ވެސް މާލޭ ސިޓީން ކުނި ނަގަމުންދިޔައީ ވެމްކޯއިންނެވެ. އެހެންނަމަވެސް އެ ކުންފުންޏާއެކު މާލޭސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުން އެ އެއްބަސްވުން އައުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މާލެއާއި ވިލިމާލޭގެ އާންމުތަންތަން ސާފު ކުރުމުގެ މަސައްކަތާ ހަވާލުވީ މާލޭސިޓީ ކައުންސިލުންނެވެ. ކައުންސިލުން ވިދާޅުވެފައިވަނީ ވެމްކޯއިން ޖެއްސުން ކުރަމުންދާ ކަމަށެވެ. ޖެއްސުންކުރިޔަސް އެމަސައްކަތް ކުރާނޭ ކަމަށް ވެސް ބުނެފައިވެއެވެ.
ވެމްކޯއިން ބުނެފައިވަނީ ފާއިތުވި ދެތުންދުވަހު މާލޭގެ މަގުތަކުގައި ކުނި އިތުރުވެފައިވާ ކަމަށެވެ. އޭގެތެރޭގައި ކުނިވާޒާތުގެ ކުނި ވެސް ހިމެނޭ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ ފަރާތުން ބޮޑެތި ޝަކުވާއައިސްފައިވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ. އެހެން ކަމުން ރައްޔިތުންގެ އާންމު ސިއްހަތަށްޓަކާވެސް މާލެ ސާފުތާހިރުކޮށް ބޭއްވުމަށް އެކުންފުނީން އެދިފައިވެއެވެ. ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުން ވެސް މަގުމައްޗަށް ކުނި ނޭޅުމަށް ވެމްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.