ޑިސެމްބަރ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައިފުރި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް (45އ) އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) ދަތުރުކުރި ތެޔޮ ބޯޓު ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ބެހޭ ގޮތުން އެންމެފަހުން ފުލުހުން ބުނެފައިވަނީ 2022 ވަނަ އަހަރު ޑިސެމްބަރ 29 ވަނަދުވަހު އެއާޕޯޓު ނެރުކައިރިން ތެޔޮބޯޓު، އޮޔާދަނިކޮށް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއިން ދަތުރު ކުރި ދެމީހުންކުރެ މީހަކު އަދި ފެނިފައި ނުވާކަމަށް ވެސް ފުުހުންް ބުންޏެވެ.

އެ ދެމީހުން ވިލިމާލޭޭ ބަނދަރުން ފުރިފަހުން ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ.