އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހާތަނަށް 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިފައިސާ ދޫކޮށްފައިވަނީ 1230 ފަރާތަކަށެވެ. މީގެ ތެރެއިން 324.8 މިލިއަން ރުފިޔާ ހަމަޖެހިފައިވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށް ކަމަށް ވެސް ސަރުކާރުން ވިދާޅުވެފައިިވެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށްޖަަހައި ވަރުގަދަ ކުރުމަށެވެ. ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުވައި ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގެންދަނީ ކެނޑިނޭޅި މަސައްލަތް ކުރަމުންނެވެ. އެގޮތުން އެކިކަންކަމަށް ސަރުކާރުން ގެންދަނީ ލޯނު ދުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ އޮނިގަނޑު، މާ ކުރިއްސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާގޮތަށް ކަމަށެވެ. އެކަން އެގޮތަށް އޮތުމުން އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެެއެވެ. އެހެންނަމަވެސް އެކަންކަން ބަދަލުވެސް ކުދި އަދި މެދުފަންތީގެެ ވިޔަފާރިތަކަށް ވެސް މިހާރު ފުރުސަތު އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.