މާލޭ އެމްޕީއެލް ސަރަޙައްދަށް ފެތުރިފައިވާ ކަޅުތެޔޮ މިހާރު ވަނީ ނަގައި، ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އޭގެއިތުރުން ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ސީޖީ ހަލަވެލި ބޭނުން ކޮށްގެން ރަސްމީ ފާލަން އަދި އެ ސަރަޙައްދު ބޭރުން، ބޫމް އަޅެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ސަރަޙައްދަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާތީ، ތެޔޮ ނެގި އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރެޔާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:10 އެހައިކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފެށި ކަމަށްވެސް އެމްއެންޑިއެފުން ވިދާޅުވިއެވެ.