މާލެ ރަސްމީ ފާލަމާ ދިމާއިން ފަޅުތެރެއަށް އެއްހާސް ލީޓަރު ކަޅުތެޔޮ އެޅިފައިވާނޭ ކަމަށް އެމްއެންޑީއެފުން ލަފާކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އޭގެ ތެރެއިން މިހާތަނަށް 400 ލީޓަރުގެ ތެޔޮވަނީ ނެގިފައި ކަަމަށެވެ.

މާލޭގެ ފަޅުތެރެއަށް އެޅިފައިވާ ގިނަ ޢަދަދެއްގެ ކަޅުތެޔޮ ނެގުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ގެންދަނީ ކުރަމުންނެވެ. ރަސްމީ ފާލަމާދިމާ ފަޅުގެ އިތުރުން ތިން ނަންބަރު ޖެޓީއާއި އެމްޕީއެލް ސަރަހަައްދަށް ވެސް ވަނީ ތެޔޮއެޅިފައެވެ.

ތެޔޮ ނެގުމުގެ މަސައްކަތުގައި ސިފައިނާއި، މެރިން ޕޮލީސްގެ ބައިވެރިވެއެވެ. އޭގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ސަރަހައްދަަށް އެޅިފައިވާ ކަޅުތެޔޮ ނެގުމަށް ޖަޕާނުން ހަދިޔާ ކޯށްފައިވާ ބޫމިންގ ވެސް ބޭނުން ކުރަމުންދާ ކަމަށެވެ. އެމްޕީއެލް ސަރަހައްދުން ފެނިފައިވާ ކަޅުތެޔޮ ނިޔުޓްރޮލްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައިވަނީ ކޮންތާކުން ކިހިނެއްކަމެއް އެމްއެންޑީއެފުން ވިދާޅެއް ނުވެއެވެ.