މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މި ދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވަނީ އެމްޑީޕީގެ އިސްލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ބައެއް ސަރަހައްދުތަކުގައި ޖަލްސާތައް ބާއްވަވާނެ އެވެ. އޭގެ އިތުރުން ދޮރުން ދޮރަށް ހިންގަވައި ކެމްޕެއިން ކުރައްވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ ޖެނުއަރީ 28 ގައެވެ.

މި ދިޔަ ޑިސެމްބަރު މަހު ނަޝީދުވަނީ ޕްރައިމަރީގެ ކެމްޕޭނަށް ތިން އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ދަނީ މާލޭގެ އެކި ސަރައްޙައްދު ތަކުގައިވެސް ވަރަށް ފޯރި އާއެކު ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ރޭ ވަނީ ބޮނޑިބަތް ޕާކުގައި ޖަލްސާއެއް ވެސް ބާއްވައިފައެވެ.