މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހަކީ ތ.ވަންދޫ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.

އެމީހާ ހައްޔަރު ކޮށްފައިވަނީ އެ ރަށުގައި ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.

މި މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެމިހާ ހައްޔަރުކުރީ، ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަިށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.