ސެންސްފްރެންސިސްކޯގެ ޑިސްޓްރިކްޓްގެ ބަންޑާރަ ނާއިބްގެ މަގާމަށް ކަމެލާ ހެރިސް ކެމްޕޭން ކުރެއްވިއިރުވެސް އެންމެ ގިނައިން އޭނާއަށް ހޭދަ ކުރެއްވީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އެއަށްފަހު، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ވެންނެވުމަށް އޭނާ ކުރެއްވި ދަތުރާއި އަދި ނާއިބް ރައީސްގެ މަގާމާއި އެއަށްފަހުން މިހާރުގެ ރިއާސީ ރޭހުގައި އޭނާގެ ސަޕޯޓަރެއްގެ ގޮތުގައި އެ ރަޙުމަތްތެރިޔާ ފެނިގެން ދެއެވެ.

ސެންފްރެންސިސްކޯގެ ބަންޑާރަ ނާއިބަކަށް 2003ގައި އޭނާ ކުރިމަތި ލެއްވިއިރު މީހުންގެ މެދުގައި އޭނާގެ ރަޙުމަތްތެރިޔާއަކީ އެހާ މަޝްހޫރު މީހެއް ނޫނެވެ. ނަމަވެސް ފިރިމީހާ ކެންސަރުގައި މަރުވުމަށްފަހު ބިލިއަނުން އޭނާއަށް ޑޮލަރު ވާރުތަ ވުމުން ދުނިޔޭގައި އޭނާގެ ނަން ވިދައިގެން ދިޔައީ އެންމެ މުއްސަނދި އަންހެނާގެ ގޮތުގައެވެ.

ލޮރެންސް ޖޮބްސްއަކީ އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސްގެ ހުވަފަތް އަންހެނުންނެވެ. މިއީ ކަމެލާ ހެރިސްގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ.

އޮބާމާގެ ވެރިކަމުގައި ލޮރެންސް ޖޮބްސްއަށް ވައިޓްހައުސްއަށް ޒިޔާރަތް ކުރުމަށް ލިބުނު ދަތުރުގައި އޭނާއާއެކު ގެންދިޔައީ ވެސް ހެރިސްއެވެ. އަދި ނާއިބް ރައީސްގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ހެރިސްއަށް ލޮރެންސް ޕައުލް އާދަވެގެން ޒިޔާރަތް ކޮށްހަދައެވެ. އަދި އޭގެ ކުރިން 2014ގައި ހެރިސް ކައިވެނި ބައްލަވައިގަތް އިރުވެސް އެންމެ ގާތުގައި ހުންނެވީވެސް ލޮރެންސް ޖޮބްސްއެވެ.

ލޮރެންސް ޕައުލްގެ މުއްސަނދިކަން 15ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭނެ ކަމަށް ލަފާ ކުރެވެއެވެ.