އެމެރިކާއިން ބުނަނީ ނަޔަންޔާހޫ ހައްޔަރު ކުރުމަށް ނެރުނު އަމުރާ ބެހޭ ގޮތުން ދެން ހަދާނެ ގޮތަކާ މެދު ރަހުމަތްތެރި ގައުމުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ފަލަސްޠީނު ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.

ހަންގެރީއާއި އާޖެންޓީނާއިން ވަނީ އަމުރާ ދެކޮޅުހަދައި ކޯޓަށް އެއްޗެތި ކިޔާފައެވެ.

އިނިގިރޭސި ސަރުކާރުން ބުނެފައި ވަނީ ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ. އެކަމަކު ހަމާސްއާއި އިޒްރޭލު ސަރުކާރާ އެއް ވަރު ނުކުރެވޭނެ ކަމަށެވެ.