ޒަޔަނިސްޓު ޔަހޫދުންގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އައިލެޓް ޝޭކޭޑް އޮސްޓްރޭލިއާ އަށް ދިއުމަށް ވިޒާ ހޯދަން އެދުމުން އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ދޭން ދެކޮޅު ހަދައިފިކަމަށް އޭނާ މިއަދު ބުނެފިއެވެ.
ޝެކޭޑް ބުނެފައި ވަނީ އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ނުދިނީ އޭނާ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ދެކޮޅު ހަދާތީއެވެ. އަދި ޝެކޭޑް ވަނީ އޮސްޓްރޭލިއާ އަކީ ޔަހޫދުންނާ ދެކޮޅު ގައުމެއް ކަމަށް ބުނެ އޮސްޓްރޭލިއާއަށް ބަވާފައެވެ.