ރ. އަލިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު އަލިފުށީގައި ބޭއްވި ޚާއްޞަ މި ރަސްމިއްޔާތުގައި މި ހޯލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުންނެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަލްޓިޕަރޕަސް ހޯލަކީ ޕީ.އެސް.އައި.ޕީގެ ދަށުން، ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރި ތަނެކެވެ. އެ މަސައްކަތުގެ އަގަކީ 6,671,028.38 ރުފިޔާއެވެ.

ރައީސްގެ ދެކަނބަލުން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް މިއަދު ފެށްޓެވި މި ދަތުރުފުޅަގަައިވަނީ އެރަށުގެ ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ބައްދަލު ކުރައްވައިފައެވެ.