ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެ ޕާޓީގެ ހުޅުމާލޭ ދާއިރާގެ މެންބަރުންނާއެކު މިރޭ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ. މި ބައްދަލުވުމަކީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންނާ ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

ހުޅުމާލޭގެ ދާއިރާގެ މެމްބަރުންގެ އިތުރުން، އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކާވެސް ރައީސް ސާލިހު ބައްދަލު ކުރަންވާނެއެވެ. މި ބައްދަލުވުން ބާއްވަން

ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައެވެ.

ރައީސް ސާލިހު ވަނީ، ހަތަރު އަތޮޅަކަށް ދަތުރު ކުރައްވާ އެ އަތޮޅުތަކުގެ ރަށްތަކުގައި ތިބި އެމްޑީޕީގެ މެމްބަރުނާއި ބައްދަލުކޮށް ކެމްޕޭން ކުރައްވާފައެވެ. މީގެ އިތުރުން މާލޭގެ ދާއިރާގެ މެމްބަރުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. ރޭގައި ބޭއްވުނު މި ބައްދަލުވުން އޮތީ ދަރުބާރުގޭ ފާށަނާ މާލަމްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު އާއި ވާދަކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތާޙާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހު 28 ގައެވެ.