އޯކިޑް މަގުގައި ހުންނަ "އީވްނިންގ ކެފޭ" ބަދިގޭގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ 18:12 އެހައިކަންްހާއިރު ކަމަށެވެ.

އެތަނުގެ ބަދިގޭގައި އަލިފާން ރޯވެ ވަރަށް ބޮޑަށްވަނީ ހުޅުހިފައިފައެވެ. އެމްއެންޑީއެފްގެ ސިފައިން ގެންދަނީ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާދިސާ ހިނގުމުން އެތާކައިރީގައިހުރި ގެތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ސިފައިންގެ މަސައްކަތުން މިހާރުވަނީ އަލިފާން ކޮންޓްރޯލްވެފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެތަނުގައި ރޯވެފައިވަަނީ ދެވަނަބުރީގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ހާދިސާ ހިިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ކަށަވަރެެއް ނުވެއެވެ.

މިހާދިސާގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ބައެއް މީހުން އަނބުރައިގެނެގެން ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސް ފަރުވާދީފައެވެ. އަދިވެސް ދުމުގެ އަސަރު އެސަރަހައްދުގައި އެބަހުއްޓެވެ.

މި ހާދިސާ މިހިނގީ މާލޭ ނީލަންފިހާރައިގައި ރޯވެ އެތަން އެއްކޮށް އަނދައި ހުލިވިތާ ދެތިން ދުވަސްތެރޭގައެވެ. މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާތީ ފުލުހުން ވެސް ވަނީ ބޮޑު ތަހުގީގެއް ފަށައިފައެވެ.