ރައީސްގެ ގަޔަށް ހީސް ލެވުނު މަންޒަރު ވީޑިއޯ ކޮށް މީސްމީޑިއާގައި އެ ވީޑިއޯ ފެތުރި މައްސަލާގައި ހަ ނޫސްވެރިއަކު ހައްޔަރުކޮށްފިއެވެ. ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރު، ގަޔަށް ހީސް ލެވުނު މަންޒަރު ނެގި ކަމަށް ވަނީ ސަރުކާރު ޓީވީގެ ކުރޫންނެވެ.
އަލަށް ތާރުއެޅި މަގެއް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ގައުމީ ސަލާން ކުޅުނު އިރު އުމުރުން 71 އަހަރުގެ ރައީސްގެ ފަޓުލޫނު ތެމިފަ ހުރި މަންޒަރު ވީޑިއޯ ކޮށްފައި ވެއެވެ.
ސަރުކާރު ޓީވީން އެމަންޒަރު ދައްކާފައެއް ނުވެއެވެ.