ހަށިގަނޑުން މީހުން ބަލާ ހިތްވާ ވަނާތައް ދެއްކުމަށް މަޝްހޫރު ތަރި އުރުފީ ޖާވިދު، މުމްބާއީގެ އަންހެނުންގެ ކޮމިޓީގެ ބީޖޭޕީގެ ރައީސާއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފިއެވެ. އުރުފީ ބުނާ ގޮތުން އެ އަންހެން މީހާ ވަނީ އޭނާއަށް ބިރު ދައްކާފައެވެ.
ދޭތެރޭން ތަންތަން ދައްކައިގެން ފޮޓޯއަށް ހުއްޓި ހުންނަ އުރުފީ މުމްބާއީގެ މަގުމަތީގައި ބަރަހަނާވީ ކަމަށް ބުނެ މުމްބާއީގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ފުލުހަށް މައްސަލަ ވެއްދި ހިސާބުން މި ދެބަސްވުމެއް ފެންމަތިވީއެވެ. ބީޖޭޕީގެ މެމްބަރު ބުނަނީ މަގުމަތީގައި އޮރިޔާން ދެއްކުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
އެމައްސަލާގައި ފުލުހުން ވަނީ އުރުފީ ޖާވިދު ހާޒިރުކޮށް ބަޔާން ނަގާފައެވެ.