ގްރީން އާޓްސްގެ އުފެއްދުމެއް ކަމަށްވާ ފިލްމު "ނޫރާ" ރޯދަމަހު ރިލީސްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެތަނުން ބުނެފިއެވެ.

ގްރީން އާރޓްސްގެ، ޕްރޮޑަކްޝަން މެނޭޖަރ އިބްރާހީމް އަލީ ބުނީ އެ މިފިލްމަކީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމު ބިނާވެފައިވަނީ އާއިލީ ގުޅުމުގެ ހާދިސާތަކެއްގެ މައްޗަށް ކަމަށް ވެސް އޭނާ ބުންޏެވެ. މުޅި ފިލްމުގެ ހުރިހާ މަސައްކަަތެއް ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ. މިއީ %100 ފަސެންޓް މަސައްކަތް އައްޑޫ ސިޓީގައި ނިންމައި ރިލީސް ކުރާ ފުރަތަމަ ފިލްމެވެ.

ގްރީން އާޓްސްއިން ބުނީ ފިލްމް ކުރިން ނިންމަން އޮތް ތާރީޚަށް ނުނިމި ލަސްވީ ތަފާތު އެތައް ސަބަބެއް ދިމާވެގެން ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމުގެ ސަަބަބުން މަސައްކަތް ނުކުރެވުން ހިމެނެއެވެ. އަދި ފިލްމުގެ ޑައިރެކްޓަރ ޝަހޫއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަރަށްގިނަ ދުވަސް ވަންދެން ޕްލާސްޓަރ އަޅަން ޖެހުމާއި، ފިލްމުގެ ލީޑް އެކްޓަރ އަމަން އަށް އަނިޔާވުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ގްރީން އާރޓްސްގެ، ޕްރޮޑަކްޝަން މެނޭޖަރ އިބްރާހީމް އަލީ

މި ފިލްމް ރިލީސް ކުރަން ނިންމާފައިވަނީ ރޯދަމަހު މެދުތެރޭގައެވެ. މިއީ ހުރިހާ މަސައްކަތެއް މާލެ އިން ބޭރުގަ ނިންމާ ފުރަތަމަ ދިވެހި ފިލްމު ކަމަށް ވެސް އަލީ ބުންނެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ މައްޝޫރު ތަރިންގެ ތެރޭގައި ހިމެނޭ، އައިމިނަތު ނޫރާ، މަރިޔަމް ޝަހުޒާ، އަހުމަދު އަމަން އަލީ ހިމެނެއެވެ. އޭގެ އިތުރުން އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޖިމްޝާދު ޝަރީފާއި، އައިމިނަތު ވަހީދާއި، އިބުރާހީމް އަލީ އާއި، މުހައްމަދު އަޒްމީލާއި، ޝަމްސުންނިސާއި، ނަޖުދު އާދަމް ހިމެނެއެވެ. އޭގެ އިތުރުން އަހުމަދު ރިފްއަތާއި، މުހައްމަދު އަމީލާއި، އަހުމަދު ޝިފާއު އާއި، މުހައްމަދު މަދީން ވެސް ހިމެނެއެވެ.

މިއީ މަރިޔަމް ޝަހުޒާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓް ކުރީ ވެސް އޭނާއެވެ. މި ފިލްމަކީ ގްރީން އާޓްސް ގެ ފުރަތަމަ ފިލްމެވެ.