އީރާނަށް ދިމާވެފައިވާ ހަނަފަސްކަމުގެ ސަބަބު އީރާނުގެ މުއްލާއަކު ހޯދައިގެންފިއެވެ. އީރާންގެ ކަރަޖް ސިޓީގެ އެންމެ އިސް އިމާމް، އިމާމް މުހައްމަދު މަހުދީ ހުސެއިނީ ހަމީދާނީ ވިދާޅުވާ ގޮތުގައި އީރާނަށް ދިމާވެފައިވާ ހަނަފަސް ކަމަކީ އީރާން އަންހެނުން ބުރުގާ ނޭޅުމުން ދިމާވެފައިވާ މައްސަލައެކެވެ. ކަރަޖް ސިޓީގެ ހުކުރު ނަމާދު އިމާވް ކުރުމުގެ ހުއްދަ އޮންނަ، އީރާންގެ ރޫހާނީ ލީޑަރުގެ މަންދޫބު، މަހުދީ ހުސެއިނީ ހަމީދާނީ އެފަދައިން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި ވިދާޅުވީ ބުރުގާ ނޭޅުމުން ދުނިޔޭގެ ޖައްވަށް ވިހަ ގޭހެއް ބޭރުވުމާ ގުޅުން ހުރެގެން ކަމެއް ސާފެއް ނުވެއެވެ.

އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި މުޅި ސަރަހައްދުގައިވެސް ވިއްސާރަ ވަނީ މަދުވެފައެވެ. އީރާން އިންޓަނޭޝަނަލް އިން މިވާހަކަތައް މިހެން ރިޕޯޓް ކުރިނަމަވެސް، ސައުދީ އަރަބިއްޔާއާއި މިސްރުގައި ބޯކޮށް ވާރޭ ވެހޭކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އީރާނުގައި އަންހުން ދަނީ މުޒާހަރާ ކޮށް ދަންނަބޭކަލުންގެ ފަގުޑި ޖަހައިގަންނަމުންނެވެ. މި މުޒާހަރާތައް ފެށިފައި ވަނީ ފުލުހުންގެ ބަންދުގައި ހުއްޓާ އުމުރުން 22 އަހަރުގެ ކުރުދީ އަންހެން ކުއްޖެއްކަމަށްވާ މަހްސާ އަމީނީ މަރުވުމާ ގުޅިގެންނެވެ.

ހަމީދާނީ ވަނީ ހަރުކަށިކޮށް އަންހެނުންނަށް ބުރުގާ އެޅުން މަޖުބުރު ކުރުމަށް ގޮވާލައްވާފައެވެ. އަދި ބުރުގާ ބާލާ އަންހެނުންނަކީ ދައުލަތުން ކުރިމަތިލާން ޖެހޭ "ދުޝްމަނުން" ތަކެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

"ބައެއް މުއައްސަސާތަކާއި، ޝޮޕިން މޯލްތަކާއި، ބޭސްފިހާރަތައް، ފަދަ ތަންތަނަށް ވަންނައިރު އަޅުގަނޑުމެން މި އުޅެނީ އިސްލާމީ ގައުމެއްގައި ކަމަށް ހީވެސް ނުވޭ" އަދި އޭނާ ވިދާޅުވީ، ހިޖާބު ނަގާފައިވާ އަންހެނުންނަށް ހިދުމަތްދޭ ފިހާރަތަކާއި މޯލްތަކަށް އިންޒާރުދީ، އެވަރުންވެސ ްނުފުދޭނަމަ، އެތަންތަން ބަންދުކުރުމަށް ގޮވާލާ ކަމަށެވެ.

އީރާނުގައި ދޭތެރޭން ހަނަފަސް ކަމާއި އަންހެނުން ބުރުގާ ނޭޅުމާ ގުޅުވައިގެން ޚުތުބާތައް ދީހަދައެވެ.

އީރާންގެ އަސްފަހާން ސިޓީގައި ރޫހާނީ ލީޑަރުގެ މަންދޫބު ޔޫސުފް ތަބާތުބާއީ ނީޖާދު ދެއްވި ޚުތުބާއެއްގައި، 2016 ވަނަ އަހަރު ވިދާޅުވީ "ޔޫރަޕު އަންހެނުންހެން" މޫނު ދައްކާލައިގެން ފޮޓޯ ނަގާ އަންހެނުންނަކީ އަސްފަހާން ސިޓީގެ ޒަޔަންދަރުދު ކޯރު ހިކިގެންދާން މެދުވެރިވާ ސަބަބުކަމަށެވެ.