ބައްޕައާއެކު އަހަރެން ކާރުގެ ތެރޭގައި އިނީމެވެ. އަހަރަމެންގެ އަތުގައި ހަތިޔާރު ނެތް އިރުވެސް އިޒްރޭލު ސިފައިން ކަރުނަގޭސް ޖެހީއެވެ. މިއީ އުމުރުން 18 އަހަރުގެ ޤުސައްޔު ކަހުލާ އޭނާގެ ބައްޕަގެ މަރާ ބެހޭ ގޮތުން ކިޔައިދުން ވާހަކައެވެ.

ރާމަﷲގެ ޗެކްޕޮއިންޓެއްގައި ހުއްޓުވުމުން ކަހުލާ ވަނީ އުޅަނދުތައް ފާސްކުރުމުގައި ލަސްކަމުން މައްސަލަ ޖައްސާފައެވެ. އޭގެ ބަދަލުގައި އިޒްރޭލު ސިފައިން އޭނާގެ ލޮލަށް ކަރުނަ ގޭސް ޖަހައި އޭނާ ބީތާ ކުރުމަށްފަހު ކާރުން ދަމައި ނެރެ އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލީއެވެ.

ޔަހޫދީ ސިފައިން ކުރިން ބުނީ ކަހުލާ މަރާލީ ސިފައިންނާ ދެކޮޅަށް ނިކުމެ ސިފައިންގެ މީހެއްގެ ބަޑި ފޭރިގަނެ ހަމަލަ ދޭން އުޅުމުން ކަމަށެވެ. ނަމަވެސް ފަހަތުގައި އޮތް އެހެން ކާރެއްގެ މީހަކު ވަނީ ކަން ހިނގައި ދިޔަ ގޮތް ވީޑިއޯ ކޮށްފައެވެ.

އޭނާ ކިޔައިދިން ގޮތުގައި އިޒްރޭލު ސިފައިން އެދުވަހު ޖެއްސުން ކުރަމުން ރާމަﷲގެ ޗެކްޕޯސްޓުން ކާރެއް ފާސްކުރުމަށް ބައިގަޑިއިރު ހޭދަ ކުރި ކަމަށެވެ.

އުމުރުން 45 އަހަރުގެ އަޙުމަދު ކަހުލާއަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. ޣަދަރުވެރި ގޮތަކަށް އޭނާ ޝަހީދުކޮށްލި ގޮތުގެ ވީޑިއޯ ފާއްދާލުމުން ޔަހޫދީ ސިފައިން ވަނީ ކަހުލާގެ ގަޔަށް ބަޑި ޖަހައި މަރާލީ ކަމަށް އެއްބަސްވެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓް ކޮށްފައި ވެއެވެ.

ޔަހޫދީ ސިފައިން ދަންވަރު ގޭގެއަށް ވަދެ މީހުން ހައްޔަރު ކުރަމުން ދިއުމުގެ ތެރޭގައި މިހާތަނަށް 2500 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ތައިމްސް އޮފް އިޒްރޭލުން ބުނެފައި ވެއެވެ.

ފަލސްތީނު މީހުންނަށް ހިފާފައިވާ ފަލަސްތީނުގައި ހަރަކާތްތެރިވެވޭނީ އިޒްރޭލުގެ ޗެކްޕޮއިންޓްތަކުން ލައިގެންނެވެ. އެއީ ނަފްސާނީ ގޮތުން ވޭންދެނިވި އިހާނާތްތެރި ތަޖުރިބާއެކެވެ.