އެއީ މާތްالله ދެއްވި ރިޒުޤެއް ކަމަށް ބަލައިގެން މަގުމަތިން ހޯދި އެއްލައްކަ ޕައުންޑު ފޮރުވާކަށް އެކުއްޖާ މަސައްކަތެއް ނުކުރިއެވެ. އާމާނާތްތެރިކަމާއެކު އޭގެ ވެރި މީހާ ހޯދައި އެ ދަބަސް އެމީހާއަށް ރައްދު ކުރުމަށް އެއަންހެން ކުއްޖާ މަސައްކަތް ކުރިއެވެ. އެކަމުގައި ކާމިޔާބު ވިއެވެ.

ޒުވާން އަންހެން ކުއްޖާގެ ތެދުވެރިކަމާއި އޭނާގެ ރަނގަޅު ތަރުބިއްޔަތު ދައްކުވައިދޭ އާދަޔާ ހިލާފު ތެދުވެރިކަމުން އެންމެ އަޖައިބު ކުރުވަނިވި ކަމަކީ އެ ދަސް ހޯދައި ދިނުމުން، ބަދަލުގައި ދޭން އުޅުނު އިނާމު ހޯދުމަށް ދެކޮޅު ހެދުމެވެ.

މިސްރުގެ ދަޤަހަލިއްޔާ ގަވަރްނަރޭޓްގެ އަވަށެއްގެ އެ ދަރިވަރު ދަބަސް ހޯދައި ގަތީ މަގުމަތިންނެވެ. ދަބަހުގެ ބަރުކަމުން އޭގައި ހުރި އެއްޗެއް ހޯދައި ގަތުމަށް އެކުއްޖާ ދަބަސް ހުޅުވާލުމުން ގިނަ އަދަދެއްގެ ފައިސާ އެދަބަހުން ފެނުނެވެ.

އަވަށުގެ ގެތަކާއި ފިހާރަތަކަށް ގޮސްގެން ވެރިފަރާތް ހޯދަން މަސައްކަތް ކުރިއިރު ކޮންމެ ކޮންމެ މީހަކަށް ދަބަސް ދޫކޮށްލާކަށް ކުއްޖާ ބޭނުމެއް ނުވިއެވެ.

ފައިސާގެ ވެރިފަރާތަކަށްވީ އަންހެނެކެވެ. އޭނާ ކުއްޖާއަށް ހަދިޔާއަކަށް އަތުގައި އޮތް ރަން އަނގޮޓި ދޭން އުޅުމުން އެ ހޯދުމަށް އެކުއްޖާ އިންކާރު ކުރިއެވެ.

އެ އަވަށުގެ ރައްޔިތުން ވަނީ މި އަމާނާތްތެރި ކުއްޖާ "ސުންދުސް މަކުރަމް"ގެ ނަން "ސުންދުސް އަލްއަމީނު"ގެ ނަމަށް ބަދަލުކޮށްފައެވެ.