ސައޫދީ އެއަރލައިންގެ ޓިކެޓެއް ގަނެގެން އުމުރާ ވިސާ ލިބޭ ގޮތަށް ހަމަޖައްސަން ނިންމައިފިއެވެ. ސައޫދީ އެއަރލައިނގެ ތަރުޖަމާން ވިދާޅުވިގޮތގައި ކުރިއަށް ދުވަސްތަކުގައި ހަމަޖައްސާ އައު އުސޫކުގެ ދަށުން ސައޫދީ އެއަރލައިންގެ ޓިކެޓެއް ގަތުމުން ވިސާ ލިބޭނީ ހަތަރު ދުވަހަށެވެ. މި ވިސާއަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.