ކޮރަޕްޝަންގެ ހަ ދައުވާއަކާ ކޯޓުތަކުގައި ކުރިމަތިލަމުންދާ އިޒްރޭލުގެ ބޮޑު ވަޒީރު މަގާމަށް ކުފޫހަމަ ނުވާކަމަށް ނިންމަން އިޒްރޭލުގެ ބަންޑާރަ ނާއިބް ވިސްނަން ފަށައިފިއެވެ. އިޒްރޭލުގެ އެޓާނީ ޖެނެރަލް ގާލީ ބަހާރަވް މިއާރާ އާއި ބަންޑާރަ ނާއިބްގެ އޮފީހުން ވިސްނަމުންދަނީ ބޮޑުވަޒީރު ނަތަންޔާހޫގެ މަސްލަހަތު ފުށުއަރާފަދަ ގާނޫނުތައް އެކުލަވާލުމުގައި އޭނާގެ ބައިވެރިވުން އޮތުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ. ބެލެވޭ ގޮތުގައި ނަތަންޔާނޫއާ ދެކޮޅަށް ބަންޑާރަ ނާއިބް ނިންމުމެއް ނިންމުން ވަރަށް ގާތެވެ.

2021 ވަނަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އަވިޝާއި މަންޑެލްބްލިޓްގެ ދަށުން އެކުލަވާލި މަސްލަހަތު ފުށުއަރާ ކަމަށް ނިންމާ އުސޫލަކީ، ނަތަންޔާހޫވެސް އެއަށް އަމަލު ކުރުން ލާޒިމު ކަމެއް ކަމަށެވެ.

އެއިރުގެ ބަންޑާޜަ ނާއިބް އެކުލަވާލި އުސޫލުގައިވާ ގޮތުން ފަނޑިޔާރުން އައްޔަން ކުރުން ނުވަތަ ޕޮލިސް ކޮމިޝަނަރުގެ ނަން ހުށަހެޅުމުގައި ނަތަންޔާހޫއަށް ބައިވެރިއެއް ނުވެވޭނެއެވެ. ބައިވެރިވެއްޖެނަމަ މަސްލަހަތު ފުށުއަރާނެއެވެ. އަދި އޭނާގެ މައްޗަށް ކުރާ ޖިނާއީ ޝަރީއަތަށް އަސަރުކުރާ ފަދަ އެއްވެސް ގާނޫނެއްގެ މަސައްކަތުގައި ބައިވެރިވުން ވެސް އޮތީ މަނާކޮށްފައެވެ.

އިޒްރޭލުގެ ބަންޑާރަ ނާއިބަށް އެފަދަ ނިންމުމެއް ނިންމުގެ އިޚުތިޔާރު ގާނޫނުން ލިއްބައި ދޭކަމަށްވެސް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އިޒްރޭލިގެ ބަންޑާޜަ ނާއިބާއި އުއްތަމަ ފަނޑިޔާރަކީ އަންހެނުންނެވެ.