ވައްކަމާއި ކޮރަޕްޝަންގެ ހުކުމެއްގައި ހުރި ދެ މިނިސްޓްރީއެއްގެ ވަޒީރުކަން ކުރާ އިޒްރޭލުގެ އާރްޔާ މަޚުލޫފު ދާރީ، މަގާމުން ދުރަށް ލުމަށް 63 ޕަސެންޓް މީހުން ތާއީދު ކުރެއެވެ. އިޒްރޭލު ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާއަށް ހުކުމް ކޮށްފައިވާތީ، ވަޒީރުކަން ނުކުރެވޭނެ ކަމަށެވެ.

މަޚުލޫފް ދާރީއަކީ ފުލުހުންގެ މިނިސްޓަރު ކަމައި ހެލްތު މިނިސްޓަރުކަންވެސް ކުރާ އިޒްރޭލުގެ ވަޒީރެވެ. 27 ޕަސެންޓް ޔަހޫދީން ބުނެފައި ވަނީ ހައިކޯޓުގެ ނިންމުމާ އެމީހުން ދެކޮޅު ކަމަށެވެ.

ޔަހޫދީ ބޮޑު ވަޒީރު ނަތަންޔާހޫ އަދި މަހުލޫފްގެ މައްސަލާގައި ގޮތެއް ނުނިންމައެވެ.

ކޮރަޕްޝަންގެ ހަ މައްސަލައެއްގައި ދައުވާ ކޮށްފައިވާ ނަތަންޔާހޫވެސް މަގާމުން ދުރަށް ލާނެ ކަމަށް ބެލެވެއެވެ.