ސްއިޑްންގެ ވެރިރަށް، ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ އިމާރާތުގެ ކުރިމަތީގައި ކީރިތި ޤުރުއާނު އަންދާލުމުގެ ހުއްދަ ސުއިޑްން ސަރުކާރުގެ މަސްއޫލު ފަރާތްތަކުން ދީފިއެވެ. މިއަދު ކީރިތި ޤުރުއާން އަންދާލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޑެންމާކުގެ ހަރުކަށި ސިޔާސީ ޕާޓީގެ ލީޑަރު ރަސްމަސް ޕަލޫޑަން އެވެ.

ސުއިޑްންގެ ސަރުކާރުން މި ޖާހިލީ އަމަލަށް ހުއްދަ ދިނުމާ ގުޅިގެން ތުރުކީން ވަނީ އެގައުމުގައި ހުންނަ ސްވިޑެންގެ ސަފީރު ހާޒިރުކޮށް، އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާކަން އަންގާފައެވެ.

ސްޓޮކްހޯމް ޕޮލިސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ޕަލޫޑާން ވަނީ މިއަދު ތުރުކީ އެމްބަސީ ކުރިމަތީގައި ކުރަން ރާވާފައިވާ މުޒާހަރާ އިންތިޒާމް ކުރުމުގެ ހުއްދަ ހޯދާފަ އެވެ.

ސްވިޑެންގެ ސަރުކާރު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކީރިތި ޤުރުއާނު އަންދާލުމުގެ މުޒާހަރާ އިންތިޒާމު ކުރުމަށާއި ޤުރުއާން އަންދާލުމުގެ މަސއްކަތަށް ދާ ހުރިހައި ޚަރަދެއް ދޭން ނިންމާފައި ވަނީ ސްވިޑެންގެ ނޫސްވެރިޔާ ޗަންގް ފްރިކް އެވެ. ފްރިކް ވަނީ ޤުރުއާން އަންދާލާ މަންޒާރާއި ޚަބަރު ކަރުކުރުމަށް އޭނާ އަމިއްލައަށް ދާނެ ކަމަށް ވެސް ބުނެފައެވެ.

ހައްދުފަހަނައަޅާފައިވާ ތާލިބާން ސްޓައިލްގެ ކަނާތުފިޔައިގެ ސިޔާސީ ލީޑަރު ޕަލޫޑަން ދަނީ 2017 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ އެކި ސިޓީތަކުގައި ކީރިތި ޤުރުއާނު އަންދާލުމަކީ އޭނާގެ ސިޔާސީ މަސައްކަތުގެ އެންމެ މުހިންމު ދައުރު ކަމަށް ހަދާފައެވެ.