ޕާކިސްތާންގެ ގޮޑު ވަޒީރު ޝެހްބާޒް ޝަރީފަކީ ވާދަވެރި އެއްތައް ފަރާތެއްގެ މެދުގައި ހައިރާން ކަމާއެކު ސިޔާސީ މައިދާނެއްގައި ހުއްޓިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޝެހްބާޒް ގޮވާލެއްވި އިންޑިއާއާއެކު ސުލްޙަ ވުމަކީ ޕާކސްތާނަށް ބޭނުންވާ ޕާކިސްތާންގެ މަސްލަހަތުގައި އޮތް ކަމެކެވެ. ނަމަވެސް އޭނާގެ ލީޑާޝިޕްގެ ބަލިކަށި ކަމާއެކު އޭނާއަށް ސުލްހައަށް ވާހަކަ ދެއްކެވުން ފިޔަވަޅި އެޅޭނެ ފިޔަވަޅެއް ނެތެވެ.
ދާޚިލީ މައިދާނުގައި ޝެހްބާޒް ޝަރީފް ފިތިވަޑައިގެން ހުންނެވިފަދައިން ބައިނަލްއަގްވާމީ މަސްރަޙުގައިވެސް އޭނާއަށް އޮތް ޕްރެޝަރު ބޮޑެވެ.
އެމެރިކާ އާއި ޗައިނާގެ މެދުގައި ހަމަހަމަ ކަމެއް ގެންގުޅެން މަޖުބުރުވެ ވަޑައިގެންފައި ވެއެވެ. ދެ ގައުމަކީވެސް ޕާކސްތާން މެދުވެރިކޮށް ސްޓްރެޓެޖިކް ގޭމެއް ކުޅެން ބޭނުންވާ ދެ ގައުމެވެ.' ޕާކިސްތާންގެ އިނގިރޭސި ދުވަހު ނޫސް ޑޯންގެ އެންމެ ފަހުގެ އެޑިޓޯރިއަލްގައި ލިޔެފައި ވަނީ "އަފްޣާނިސްތާނުން ވެލިކާންދީ ހުތުރު ގޮތަކަށް ބޭރުކޮށްލި ފަހުން އެމެރިކާގެ ޒަޚަމްތަކުގައި މަލަން އަލުން ޕާކިސްތާން މެދުވެރިކޮށް ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ދިރުވުމުގެ ނަމުގައި އެމެރިކާއިން ބޮޑު މީހާގެ ރޯލު ކުޅެން ބޭނުން ވެއެވެ."
އަނެއް ކޮޅުން ޗައިނާއަކީ ޕާކިސްތާންގައި 60 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއެކު މެދުއިރުމައްޗަށް ފޭދިގަތުމަށް ޕާކިސްތާން ބޭނުން ކުރާ ގައުމެކެވެ. މި ނާޒުކު ގުޅުންތައް ހިންގުމަށް ޝަރީފް ނުކުޅެދި ވަޑައިގަތް ހާލު އޭނާ ވަނީ ޕާކިސްތާންގެ ޚާރިޖީ ސިޔާސަތު ހިންގުން ސިފައިންނަށް ދޫކޮށްލައްވާފައެވެ.
ދެން އޮތީ އިންޑިއާއާ ވީ ފަރާތުގެ ނާރެހެވެ. ޕާކިސްތާންގެ ލީޑަރަކަށް އިސްލާމީ ޝިއާރު ނެގެހެއްޓުމަށްފަހު ދެން ނަގަން އޮތް އެންމެ އަޑުގޮވާ ޝިއާރަކީ ކަޝްމީރުގެ ޝިއާރެވެ. މިއީ އިންޑިއާއާއެކު ދައްކާ އެއްވެސް ވާހަކައެއް ބީރު ކަންފަތަކަށް ވެއްޓުމަށް މަގުފަހި ކޮށްދޭނެ ކަމެކެވެ. ޕާކިސްތާން ސިފައިން އެކަމަށް ނިކަން ގަޔާވެދާނެއެވެ.
ޝެހްބާޒް ޝަރީފަކީ އެތައް ރޮނގަކުން މަގުބޫލުކަން ހޯއްދެވުމުގައި ނުކުޅެދުމާ ކުރިމަތިވެ ވަޑައގެންފައިވާ ބޭފުޅެކެވެ. އެއް ކޮޅުން ސިފައިން އޭނާގެ މައްޗަށް ބަސް ކިޔަމުން ދެއެވެ. އަދި އަނެއް ކޮޅުން އޭނާގެ ކޮންމެ ސިޠާސަތަކަށް ލަންޑަނުގައި ހުންނަވާ އޭނާގެ ދޮށީ ބޭބެގެ ރުހުން ހޯއްދަވަން ޖެހެއެވެ.
ޝަރީފްގެ ސަރުކާރަށް ކުރިމަތިވެފައިވާ ގިނަ މުސީބާތަކީ ކުރީގެ ސަރުކާތުތަކުން ވާރުތަ ވެފައިވާ ބައެކެވެ. ބައެއް މުސީބާތަކީ އޭނާގެ ބޭބެގެ ތަރިކައެއްވެސް މެއެވެ.
ޝެހްބާޒް ޝަރީފްގެ ލީޑަޝިޕްގެ ނާކާމިޔާބީ އުފެދެނީ ގައުމުގައި ފެން ބޮޑު ވުމާއި ބޭރު ފައިސާ ދަތިވުމާއި ފުށާއި އަސާސީ ކާނާގެ އަގު މައްޗަށް ދިއުމުގެ ސަބަބުންނެވެ.
ސިފައިންގެ ބާރުގަދަ ކަމާއެކު އެމީހުންގެ ޖަރީމާތަކާ މެދު ޝެހްބާޒަކަށް އެއްޗެއް ވިދާޅެއް ނުވެއެވެ. ސިފައިންގެ މީޑިއާ ކޮންޓްރޯލު ކުރުމާއި އިންސާނީ ހައްގުތަކާ ހިލާފުވުމާއި، ބަލޫޗް މީހުންނާއި ޕަޚްތޫން ދަރިކޮޅުގެ މީހުން ނިޒާމުން ގެއްލުވާލުމާއި ސިފައިން ވިޔަފާރި ކޮށް ކޮރަޕްޝަން ހިންގުމުގެ ވާހަކައަށް ޝެހްބާޒަކަށް އެއްޗެއް ވިދާޅެއް ނުވެއެވެ. އޭނާގެ ބައްޕަގެ ޒަމާނުން ފެށިގެން އެއް އިރެއްގައި ބާރުގަދަ ޕާޓީ ދަމަހައްޓަން ސިފައިންގެ މަދަދު އޭނާއަށް ނުހަނު ބޭނުމެވެ. ޕަންޖާބުގެ އެންމެ ބޮޑު ޕާޓީއަށް އައު ގޮތެއް ނުހޯދިއްޖެނަމަ އެސާހިތަކުން އޮކްސިޖަން ގުޅަން ޖެހިދާނެއެވެ.
އެހެންވެ އޭނާއަށް މަޖުބޫރު ވެފައި ވަނީ އެއް ފޯނުން އެއް ކަންފަތުން ލަންޑަންގެ މަޝްވަރާ އަޑު އަހައި އަނެއް އަނެއް ކަންފަތުން އަނެއް ފޯނުން ރާވަލްޕިންޑީގެ ސިފައިންގެ މަރުކަޒުން ރުހުން ހޯއްދަވާށެވެ.
ޝެހްބާޒާށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޕާކިސްތާނަކަށް މި ދަނޑިވަލަށް ކުރިމަތިވެފައިވާ ހިރާސްތަކެވެ.