ކޯރަށް ޣަރަގުވި ކުޑަ ކުއްޖާ ސަލާމަތް ކޮށްދިނީ ކިނބުލެކެވެ. އާދަޔާ ހިލާފު ހާދިސާއެއްގައި އިންޑޮނޭޝިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައޮ ވަނީ ބޯނިއޯގެ އެންމެ ބޮޑު އެއް ކޯރު ކަމަށްވާ މަހާކަމް ކޯރުގައި މީގެ ދެ ދުވަސް ކުރިން ފަތަމުން ދަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖަކުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނީ ކިނބުލެއް ކަމަށެވެ.

ހިސާބުގެ މީހުން ކިޔައިދިން ގޮތުގައި އެ ކިނބުލަކީ އަބަދުވެސް ކޯރުގައި އެ އާއިލާ މީހުންގެ ގެ ހުންނަ ހިސާބުގައި އުޅޭ ސޮރެއް ކަމަށެވެ. ޣަރަގުވެގެން މަރުވި މުޙައްމަދު ޒިޔާދު ވިޖާޔާ އުމުރަކީ 4 އަހަރެވެ.

ކިނބޫ ކުއްޖާގެ ހަށިގަނޑު ގެނެސްދީފައި ވަނީ ބުރަކަށިން ހިފަިއގެންނެވެ. ކިނބޫ ކުއްޖާގެ ބުރަކަށީގައި ދަތް އަޅާފައި ވަނީ އެކުއްޖާއަށް އަނިޔާ ނުވާ ގޮތަށް ބަލައިގެންނެވެ.

https://www.youtube.com/watch?v=zXPLmGBsIco