އިޒްރޭލުން ސަރުކާރުން އިސްތިއުފާ ދިނުމަށް ފުރުސަތު ދިނުމުންވެސް އިސްތިއުފާ ނުދިނުމުން އިޒްރޭލު ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ގަވު ވަޒީރު އާރްޔާ މަޚްލޫފް ދާރީ މަގާމުން ވަކިކޮށްފައެވެ.
ނަތަންޔާހޫއަށް އެފިޔަވަޅު އަޅަން މަޖުބުރުކޮށްފައި ވަނީ އިޒްރޭލުގެ މަތީ ކޯޓުން އޭނާ މަގާމަށް ޝަރުތުހަމަނުވާކަމަށާއި ވައްކަމުގެ ރެކޯޑެއް އޮތް މީހެއްކަން އަލުން ސާބިތުކޮށް ދިނުމުންނެވެ.
އިޒްރޭލުގައި އެތައް ލައްކަ މީހުން ވަނީ ނަތަންޔާހޫގެ ސަރުކާރުން ޖުޑިޝަރީއަށް އަތް ބޭނުމަށް ކުރާ މަސައްކަތާ ދެކޮޅަށް މުޒާހަރާއަށް ނިކުމެފައެވެ.