ސުއިޑްންގެ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރަކު، ތުރުކީ އެމްބަސީ ކުރިމަތީގައި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއަށާއި ޢާއިޝަތުގެ ފާނަށް ހުތުރުބަހުން މުޚާތަބު ކުރުމަށްފަހު ކީރިތި ޤުރުއާން އަންދާލި މައްސަލާގައި ތުރުކީ މީހުން މިސްކިތްތަކުގައި ތަކުބީރު ކިޔައި ސުއިޑްންގެ އެމްބަސީކުރިމަތީގައި އެގައުމުގެ ދިދަތައް އަންދާފައެވެ. ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު އުޣްލޫ ވިދާޅުވީ އެތަންތާނގައި އެހެން ދީންތަކުގެ ފޮތްތައް އަންދާލުމަށް އެމީހުން ހުއްދައެއް ނުދެއެވެ. އެހެންނަމަވެސް ކީރިތި ޤުރުއާނާއި އިސްލާމް ދީނާ ދިމާކުރާއިރު ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނިވާފަތްގަނޑަކަށް ބޭނުން ކުރާ ކަމަށެވެ.

ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާގެ ރައީސް ޕްރޮފެސަރ ޢަލީ އަރްބާޝް ވަނީ ﷲގެ ކަލާމްފުޅު އަންދާލުމާ ގުޅިގެން އާދީއްތަ ދުވަހުގެ ފަތިސް ނަމާދަށް މިސްކިތްތައް ފުރާލުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ފަތިސްނަމާދުކޮށް ތުރުކީގެ 90ހާސް މިސްކިތްތަކުގެ ގުއްބުތަކުން ކީރިތި ޤުރުއާނުގެ އަޑުން ގުގުމުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ތުރުކީން ދާދިފަހުން އަލުން ނަމާދުކުރަން ފަށާފައިވާ ކުރިން ފައްޅިއެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ މިހާރުގެ މަސްޖިދު މުޙައްމަދުލް ފާތިޙުގައިވެސް މީހުން ވަނީ އެއްވެ ތިބެގެން ތަކުބީރު ކިޔައި ހަދާފައެވެ.