ޗައިނާގެ އައު އަހަރު ފާހަގަ ކުރަން ތިއްބާ ވަދެ ބަޑިން ހަމަލަ ދީ 10 މީހުން މަރާލައިފިއެވެ. މި ޖަރީމާ ހިންގާފައި ވަނީ އެމެރިކާގެ މޮންޓެރީ ޕާކްގައެވެ. އެއީ ލޮސް އެންޖެލިސްއާއި ގާތްގަނޑަކަށް ހަތް މޭލު ދުރުގައި އޮންނަ ސިޓީއެކެވެ.

ބެލެވޭ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައި ވަނީ ޗައިނާ ދަރިކޮޅުގެ މީހުންނަށެވެ. އެމެރިކާގައި ޗައިނާއާއި އިންޑިއާ ދަރިކޮޅުގެ މީހުންނަށ ނަސްލީ ގޮތުން ތަފާތު ކޮށް ހަމަލަ ދިނުމަކީ މި ފަހަކަށް އައިސް އާންމު ވެފައިވާ ކަމެކެވެ. އަދި ބަޑިން ހަމަލަ ދީ މީހުން މަަރުމަކީ އެމެރިކާގެ ކޮންމެ ދުވަހެއްވެސް އާންމު ސަގާފަތެކެވެ.