ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން ބާއްވާ "އެސްޓީއޯ ރަމަޟާން ބާޒާރު" މިރޭ ފަށައިފިއެވެ.

މިއީ އެސްޓީއޯގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ބާޒާރު ކަމަށް އެކުންފުނީން ވިދާޅުވިއެވެ. މި އަހަރުގެ ބަޒާރުގައިވެސް ވަރަށް ރަނގަޅު ޑިސްކައުންޓް ތަކެއް ލިބޭނޭ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެކުންފުނީން ވިދާޅުވީ ފާއިތުވި އަހަރުތަކާ ޚިލާފަށް، މިއަހަރުގެ ރަމަޟާން ބާޒާރުގައިބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަންތަކެއް ކަމަށެވެ.

ބާޒާރު ކުރިއަށްދާނީ:

އެސްޓީއޯ ރަމަޟާން ބާޒާރު ކުރިއަށްދާނީ ޖަނަވަރީ 22 އިން އެޕްރީލް 29 އަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުގައި ވެސް މި ބާޒާރު ކުރިއަށްދާނެއެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ. ނިޕޯން ރަމަޟާން ބާޒާރު ވެސް ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ.

ލަކީ ޑްރޯގައި ބައިވެރިވެވެނީ ކިހިނެއް؟

މިބާޒާރުގައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ، އޭގެ އިތުރުން އެސްޓީއޯ މަކިޓާ ޝޯރޫމުންކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ވެސް ކޫޕަނެއް ލިބޭނެއެވެ. ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ވެސް ކޫޕަނެއް ލިބޭނެއެވެ.

ކޮންކަހަލަ އިނާމެއް؟

މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ނަސީބުވެރި އެއް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ނަސީބުވެރި ފަރާތަށް ލިިބިވަޑައިގަންނަވާ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ.