މިއަދަކީ އެސްޓީއޯ އެގްރީ ސެންޓަަރަށް ތިޔާގި ދުވަހެކެވެ.

ކ. ކާށިދޫ އިން ވަރަށް ތާޒާ ފަތި ބަރަބޯ ޝިޕްމެންޓެއް އެތަނަށް ލިބިފައެވެ. އެގްރީސެންޓަރުން ވިދާޅުވީ ފަތިބަރަބޯ ހޯލް ސޭލްކޮށް ވިއްކަނީ 18 ރުފިޔާއަށް ކަމަށެވެ. ބޭނުންވާ ފަރާތްތަކުން 5 ކިލޯ އިން ފެށިގެން ބޭނުންވާ ވަރަކަށް އޯޑަރު ކުރެވޭނެއެވެ. އޯޑަރު ކުރުމަށް ގުޅަންޖެހެނީ 3012640 ނަމްބަރަށެވެ. ނުވަތަ 7291130 ވައިބަރ ކޮށްލެވިދާނެއެވެ.

މީގެ އިތުރުން ކާށިދޫ އިން ވަނީ ތާޒާ ފަތްކެޔޮ ޝިޕްމެންޓެއް ވެސް ސެންޓަރަށް ލިބިފައެވެ. ހޯލް ސޭލްކޮށް ވިއްކަނީ 25 ރުފިޔާއަށް ކިލޯއެކެވެ. 5 ކިލޯއިން ފެށިގެން އޯޑަރު ކޮށްލެއްވުމަށް 3012640 އަށް ގުޅޭނެއެވެ. ނުވަތަ 7291130 އަށް ވައިބަރ ކޮށްލެވޭނެއެވެ.

މީގެ އިތުރުން ތ. ކަނޑޫދޫ އިން ވަނީ ވަރަށް ތާޒާ ގިތެޔޮ މިރުސް ޝިޕްމެންޓެއް ވެސް ލިބިފައި ކަމަށް އެގްރީސެންޓަރުން ވިދާޅުވިއެވެ. "ކުޅި ރަހަ ގަދަ ކަނޑޫދޫ މިރުސް، މިވަރެށް ނެތް،" ކަމަށް ވެސް ސެންޓަރުން ވިދާޅުވެފައިވެއެވެ. ހޯލް ސޭލް ރޭޓަޖީ 100 ރުފިޔާއެވެ. 5 ކިލޯ އިން ފެށިގެން އޯޑަރު ކޮށްލެއްވުމަށް 3012640 އަށް ގުޅޭނެއެވެ. ނުވަތަ 7291130 ވައިބަރ ކޮށްލެވޭނެއެވެ.