ޕާކިސްތާންގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ. މީހުން ވަނީ މީސްމީޑިއާގައި ހަޖޫ ޖަހާފައެވެ. އާންމުކޮށް މީހުން ކިޔާފައި ވަނީ ކުރީގެ ޕާކިސްތާނަށް އެނބުރި އާދެވިއްޖެ ކަމަށެވެ.

ޕާކިސްތާންގެ ހަކަތައާ ބެހޭ ވަޒީރު ޚުއްރަމް ދަސްތަގީރު ވިދާޅުވީ ޕާކިސްތާނ ގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ގައުމީ ކަރަންޓު ވިއުގައަށް ދިމާވި ފްރިކުއެންސީ ވޭރިއޭޝަނެއްގެ ސަބަބުން ކަމަށެވެ. މިރޭ 10 ޖަހާއިރަށް އެއްކޮށް ކަރަންޓު މައްސަލަ ހައްލު ވާނެ ކަަށް ވަޒީރު ވިދާޅުވެއެވެ.

މުޅި ޕާކިސްތާނަށް ކަރަންޓު މައްސަލަ ދިމާވާން ފެށީ މިއަދު ހެނދުނު 7.30ގެ ފަހުންނެވެ. ހަވީރާ ހަމައަށްވެސް ކަރަންޓު ދެވިފައި ނުވާތީ ވަޒީރު ވަނީ 5 ޖެހި އިރު ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ކަރަންޓި ކެނޑިގެން ދިޔަ ޕްރޮވިނސްތަކުގެ ތެރޭގައި ސިންދާއި ޕަންޖާބާއ ބަލޫޗިސްތާންވެސް ހިމެނެއެވެ.

ހަވީރާ ހަމައަށް ވަޒީރު ވިދާޅުވީ، ވެރިރަށް އިސްލާމްއާބާދު، ޕޭޝަވާރު، ކުއެޓާ، މުލްތާން އަދި ސުއްކޫރުގެ ޑިސްޓްރިބިއުޝަން ކުންފުނިތަކުން ބުރަކޮށް މަސައްކަތް ކޮށްގެން ބައެއް ތަންތަނަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

އސެންމެ ފަހުން ޕާކިސްތާންގައި އެހާފުޅާ ދާއިރާއެއްގައި ކަރަންޓު ކެނޑިގެން ގޮސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެތެރޭގައވެ. އެއިރުވެސް 12 ގަޑިއިރު މަސައްކަތް ކޮށްގެން ކަރަންޓު އަނބުރައި ދެވުނެވެ.

ޕާކިސްތާން ބޮޑު ވަޒީރު ވަނީ ކަރަންޓު ކެނޑުނު މައސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވައި ލައްވާފައެވެ.