ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ މެމްބަރުކަމަށް ސުއިޑްންއިން ބައިވެރިވާން ތުރުކީން ތާއީދުކުރާނެ ކަމަށް ސްވިޑެން އިން އުންމީދު ކޮށްގެން ނުވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއެވެ.
ސުއިޑްންގެ ހައްދުފަހަނައަޅާފައިވާ ނަސާރާ މަޖޫސީއަކު ކީރިތި ޤުރުއާން އަންދާލުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ، "ތުރުކީގެ ނުވަތަ މުސްލިމުންގެ ދީނީ ޢަޤީދާތަކަށް އިޙްތިރާމް ނުކުރާނަމަ ނޭޓޯގެ މެމްބަރުކަމާ ގުޅޭގޮތުން އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ކަމަށް ތާއީދެއް ލިބޭނެ ކަމަށް ބަލައިގެން ނުވާނެ" ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ސްވިޑެންގައި ހިންގި މި ހުތުރު އަމަލަކީ މުސްލިމުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ސޮލީބީންގެ މީހަކު އެންމެ ޚަތިމެއް އަންދާލުމަކުން މުސްލިމުންނަށް ކުރާނެ ގެއްލުމެއް ނެތް ކަމަށެވެ. މާތްﷲ ކީރިތު ޤުރުއާން ރައްކާތެރި ކުރައްވާނެ ކަމަށެވެ.
ސްވިޑެން އާއި ފިންލޭންޑް ނޭޓޯއަށް ވަނުން ހުއްޓުވައިފައި ވަނީ ތުރުކީގެ ދެކޮޅު ހެދުމުންނެވެ. ސުއިޑްންއަކީ ތުރުކީން ޓެރަރިސްޓުން ކަމަށް ބަަލއިގަންނަ ކުރުދީންނާއި ކުރުދީ ޖަމާއަތްތަކަށް ހިމާޔަތް ދޭ ގައުމެކެވެ.