އެމެރިކާގެ މިޝިގަންގެ މި ޒުވާން އަންހެން ކުއްޖާއަކީ ދުނިޔޭގައި ހުރި އެންމެ ދޫ ދިގު ކުއްޖާ ކަމަށް ވެދާނެއެވެ. ލަފާ ކުރެވޭ ގޮތުގައި މި އާއިލާއަކީ އާދަޔާ ޚިލާފަށް ދިގު، ދޫތަކެއްގެ ވެރިބައެކެވެ.

އެޑްރިއަން ލުއީޒްގެ މަންމަގެ އާއިލާގެ ގިނަ އަދަދެއްގެ މީހުންނަކީ ދޫ ދިގު ބައެކެވެ. އޭނަގެ މަންމަ ބުނާ ގޮތުން މުނި ކާފައަކީވެސް ނިކަން ދޫ ދިގު މީހެކެވެ.

އޭނާގެ ދުލަކީ، 3.98 އިންޗި (9.9 ސެންޓިމީޓަރަށް ވުރެ ދިގު) ދިގު މިނުގައި ހުންނަ ދުލެކެވެ!

އެޑްރިއަން ލުއިޒްގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި އޭނާގެ ދިގު ދޫ އިޝްތިހާރުކޮށް މީހުންނަށް އޭގެ ކުޅިވަރު ދައްކައި ހަދައެވެ. އޭނާގެ އުންމީދަކީ އެންމެ ދޫ ދިގު މީހާގެ ގޮތުގައި ދުނިޔޭގެ ރިކޯޑް ފޮތަށް ވަންނާށެވެ.

https://youtu.be/ipVgIIWGCak