މިއީ އެމެރިކާއަށް ބަޑީގެ މޫސުމެއް ބާވައެވެ؟ ކެލިފޯނިއާގެ އުތުރުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ހާފް މޫން ބޭގެ ދެ ތަނަކަށް ބަޑިޖަހައި ހަތް މީހަކު މަރާލައިފިއެވެ. ފުލުހުން ވަނީ ޝައްކު ކުރެވޭ މުޖުރިމު ހައްޔަރުކޮށްފައެވެ.

ސެން ފްރެންސިސްކޯގެ ދެކުނުން ގާތްގަނޑަކަށް 30 މޭލު (50 ކިލޯމީޓަރު) ދުރުގައި އޮންނަ ހާފް މޫން ބޭގެ މި ހަމަލާއަކީ ކައިރި ކައިރީގައި ދިން ތިން ވަނަ ހަމަލާއެވެ.

ކެލިފޯނިއާގެ ގަވަރުނަރަށް މި ޚަބަރު ލިބުނީ ކުރީގެ ހާދިސާގައި ހަސްފަތާލަށް ގެންގޮސްފައިވާ މީހުންނަށް ޒިޔާރަތް ކުރަން ގާތްގަނޑަކަށް 380 މޭލު ދުރުގައި އުޅެނިކޮށެވެ.

މި ހިސާބަކީ ދާދި ފަހުން ބޯކޮށް ވާރޭވެހި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަހައްދެކެވެ.

ފުލުހުން ބުނީ ޝައްކު ކުރެވޭ މީހާއަކީ ޗުންލީ ޒާއޯ، 67، ކަމަށެވެ.