ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި ހިއުމަން ޓްރެފިކިންގގެ ޖަރީމާތައް ހިންގައި ގަވާއިދާ ޚިލާފަށް މީހުންލައްވާ އިމާރާތް ކުރުވުމުގެ މަސައްކަތް ފަރަންސޭސިން ކުރުވާ މައްސަލާގައި ޕެރިސް އޮލިމްޕިކް ބޯއިކޮޓް ކުރުމަށް ގޮވާލައިފިއެވެ. ފްރާންސްގެ އެފްބީއެމްއިން ގެނަސް ދިން ޑޮކިއުމެންޓްރީއެއްގައި ކިޔައި ދީފައވާ ގޮތުގައި އެފްރިކާ ބައްރުން މީހުން ވަގަށް ގެނަސްގެން ފަރަންސޭސިން ދަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުވަމުންނެވެ. ޑޮކިއުމެންޓްރީގައި ވާހަކަ ދައްކފައިވާ މާލީއާއި އެނޫން އެހެން ބައެއް ގައުމުތަކުގެ ޒުވާނުން ބުނިގޮތުގައި އެމީހުންނަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅެފައި ހާލަކުން މަހެއްގެ މުސާރަ ދިއްކޮށްލާނެއެވެ. އަދި އެމީހުންނަށް ނިދުމަށް އެކަށީގެންވާ ތަނެއް ދީފައި ނެތުމުން އެންމެ ނިދަނީ ތޮއްޖެހިގެން ކާޑު ބޯޑު ފޮށިން ހަދާފައިވާ ޖިފުޓިތަކުގައެވެ.

2024ގެ ހޫނު މޫސުމްގެ އޮލިމްޕިކްސް ބެއްވުމަށް ފްރާންސުން ދަނީ ތައްޔާރު ވަމުންނެވެ.

އިންޓަރނޭޝަނަލް ފުޓުބޯލާ އިބްރާހީމް ތިޔާމް ބުނެފައި ވަނީ އެހެން މީހުންނަށް ލެކްޗަރު ދީ އުޅުނު ފްރާންސް މިހރު މި ޖެހުނީ ކޮންތާކު ހެއްޔެވެ؟ އޭނާ ވަނީ ގަތަރާ ދެކޮޅަށް ހުޅަަނގުން މިދިޔަ އަހަރު ހިންގި ކެމްޕޭން އެމީހުންނަށް ހަނދާން ކޮށްދީފައެވެ.

ފަރަންސޭސިންނަކީ ގައުމީ ފެންވަރުގައި ޤަތަރާ ދެކޮޅަށް ނިކުމެ، ބައެއް ސަރަހައްދުތަކުގައި ރަސްމީ ފެންވަރުގައި ވޯލްޑް ކަޕް ދެއްކުން މަނާކޮށް އަޑުގަދަ ކުރި ބައެކެވެ.