ފުޓުބޯޅަ މެޗެއްގައި ހުދުކާޑެއް ދެއްކި ވާހަކަ އަޑުއެހިން ހެއްޔެވެ؟ ޕޯޗުގަލްގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ފުރަތަމަ ފަހަރަށް ހުދު ކާޑު ދައްކައިފިއެވެ. މި ކާޑު ދައްކާފައިވަނީ ހޮނިހިރު ދުވަހު ސްޕޯޓިން ލިސްބަން އާއި ބެންފިކާ ބައްދަލުކުރި އަންހެން ކަޕް މެޗެއްގެ ފުރަތަމަ ހާފުގައެވެ. މި މެޗްގައި ބެންފިކާ 3-0 އިން ލީޑު ނެގިއިރު ސްޓޭންޑްގައި ހޭނެތިފައިވާ ސަޕޯޓަރަކަށް އެހީތެރިވުމަށް ދެ ކްލަބުގެ މެޑިކަލް ސްޓާފުން އަވަސްވެގަތުމާއެކު ރެފްރީ ކެތްރީނ ާކަމްޕޯސް ވަނީ ދެ ޓީމަށްވެސް ހުދު ކާޑު ދައްކާފައެވެ.

ހުދު ކާޑަކީ ފެއަރ ޕްލޭއަށް އިޙުތިރާމު ކުރުމުން ދައްކާ ކާޑެކެވެ. ސުލޫކު ގޯސްވުމުން ދައްކާ އަނެއް ދެ ކާޑާ ޚިލާފަށް މިއީ ސުލޫކު ރަގަޅު ކަމަށް ދައްކާ ކާޑެވެ.

މި ކާޑުތަކަކީ ފެއާ ޕްލޭއަށް ހިތްވަރު ދިނުމަށް ޕޯޗުގަލްގެ ނޭޝަނަލް ޕްލޭން ފޯ އެތިކްސް އިން ސްޕޯޓްގެ ދަށުން ތައާރަފްކުރި ކާޑެކެވެ. ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެކާޑު ބަލައިގެންފައެވެ.

މިހާތަނަށް ހުދު ކާޑު އެޑޮޕްޓްކޮށްފައިވަނީ ހަމައެކަނި ޕޯޗުގަލް އިންނެވެ.