ލުބުނާންގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވުމާ ގުޅިގެން ހިންގަމުންދާ ތަހުގީގުތައް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ. މިފަހަރު ތަހުގީގު ފެށުމާއެކު ގާޒީ ތާރިޤް ބީޠާރު ވަނީ ލުބުނާންގެ ބަންޑާރަ ނާއިބާއި ދެ ގާޒީއަކަށްވެސް ދައުވާކޮށްފިއެވެ. 2020ގެ މި ހާދިސާގެ ތަހުގީގު ހުއްޓިފައި ވަނީ ލުބުނާންގެ އެތެރޭގެ ކޯޅުން ތަކާއި ނުފީޒުތައް ފޯރުވުމާ ގުޅިގެންނެވެ.
ލުބުނާންގައި ރައީސެއް ވެސް އަދި ބޮޑު ވަޒީރެއްވެސް ނެތެވެ. ވަގުތީ ބޮޑު ވަޒީރު ނަޖީބު މީގާތީގެ ޝަރުއިއްޔަތާ މެދު ކޮންމެ ދުވަހަކު ސުއާލުތައް އުފައްދަމުން ދެއެވެ.
220 މީހުން މަރުވެ ބެއިރޫތުގެ ބައެއް ހިސާބުތައް ފުނޑުފުނޑުކޮށްލި ގޮވުމުގެ މައްސަލައިގައި މަތީ ފަންތީގެ މަސްއޫލުވެރިންނާ ސުއާލކުރުމަށް ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި ލުބުނާނުގެ ޑޮމެސްޓިކް އިންޓެލިޖެންސް އެޖެންސީގެ ވެރިޔާ މޭޖާ ޖެނެރަލް އައްބާސް އިބްރާހިމް އާއި ސަލާމަތީ އެހެން އިދާރާއެއްގެ ވެރިޔާ މޭޖާ ޖެނެރަލް ޓޯނީ ސަލީބާގެ އިތުރުން ސިފައިންގެ ކުރީގެ ކޮމާންޑަރު ޖީން ގަހުވަޖީގެ މައްޗަށް ވެސް ދައުވާކޮށްފަ އި ވެއެވެ.
2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ގޮވުމުގެ ސަބަބަކީ 2013 ވަނަ އަހަރު ބަނދަރަށް ބާލާފައި ހުރި އެތައް ސަތޭކަ ޓަނެއްގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުންނެވެ.