އިންޑިއާއިން ނަގޫސޭސަރުގެ ބިސް ހާލިތަކެއް ހޯދައިގެންފިއެވެ. އިންޑިއާގެ ގުޖުރާތުގެ ނަރުމަދާ ސަރަހައްދުން ފެނުނު މި ބިސްހާލިތަކަކީ، ހިލަ ވެފައިވާ 256 ބިސް ހިމެނޭ 92 ހާއްޔެކެވެ.

މި ބިސްހާލިތަކަކީ، މިހާތަނަށް ދިރިއުޅުނު އެންމެ ބޮޑު ޑައިނަސޯތަކުގެ ތެރޭގައި ހިމެނޭ ޓައިޓަނޯސޯރސް އަށް ނިސްބަތްވާ ބިސްތަކެކެވެ. ޕްލޮސް ވަން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ހޯދުމުން އިންޑިއާ ބައްރުގައި ނަގޫސޭސަރުގެ އާއިލާގެ ޓައިޓަނޯސޯރސްގެ ދިރިއުޅުމާ ބެހޭ ތަފްސީލުތައް ހާމަވެގެންދެއެވެ.

އިންޑިއާގެ މެދުތެރޭގެ ނަރުމަދާ ވާދީގައި އޮންނަ ލަމެޓާ ފޯމޭޝަނަކީ މީގެ ގާތްގަނޑަކަށް 145 މިލިއަން އަހަރާއި 66 މިލިއަން އަހަރާ ދެމެދުގެ ޒަމާނެއްގައި އުޅުނު ނަގޫސޭސަރުންތަކުގެ ކަށްޓާއި ބިސްތަކުގެ ފޮސިލްތައް ފެނުމުގައި މަޝްހޫރު ތަނެއް ކަމަށް ދިރާސާވެރިން ބުނެ އެވެ.

މި ބިސްވަޅުތައް ހޯދައިގެންފައި ވަނީ ޔުނިވާސިޓީ އޮފް ދިއްލީގެ ދިރާސާވެރިންނެވެ.