އިންޑިއާގެ ކޯވިޑް ވެކްސިން ޕްރޮގްރާމަށް ހިންގި ކޯވިން ޑިޖިޓަލް އޮޕަރޭޝަން ކާމިޔާބު ވުމުން އެކަން އިތުރަށް ފުޅާކުރުމަށް އިންޑިއާއިން ނިންމައިފިއެވެ. އިންޑިއާއިން ބުނިގޮތުގައި މިހާރު ތައްޔާރުކޮށްފައިވާ ޔޫ ވިން އެޕް މެދުވެރިކޮށް މީހާގެ ވެކްސިންއާ ބެހޭ ހުރިހައި މައުލޫމާތެއް އެއް އެޕަކުން ފެންނާނެ ކަމަށެވެ.
ޔޫވިންގައި ރަޖިސްޓްރީ ކުރުމަށްފަހު މާބަނޑު އަންހެނުން ޖަހާ ވެކްސިންއާއި އަދި އެއަށްފަހު ވިހެއުމާއި އަދި ވިހޭ ކުދިންނަށް ދޭ ވެކްސިންވެސް އެއް ޕްލެޓްފޯމަކުން ފެންނަން ހުންނާނެއެވެ.
އިންޑިއާއިން ތައްޔާރު ކުރާ އެފަދަ ޕްލެޓްފޯމް ތަކަކީ އާންމު ފައިދާއަށް އުފައްދާ ޕްލެޓްފޯމް ތަކެކެވެ. އަދި އޯޕަން ސޯސްގައި އުފައްދާފައި ހުންނަ އެ އެޕްތައް އެހެން ގައުމުތަކަށް އިންޑިއާއިން ދެމުން ދެއެވެ.