ޖީ20ގެ ރިއާސަތު ބަލަހައްޓާ އިންޑިއާއިން ވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއާ ބެހޭ ޓާސްކްފޯހެއް އެކުލަވާލައިފައެވެ. އެޓާސްކްފޯހުގެ މަސައްކަތަކީ ރައްޔިތުންނަށް ފައިދާހުރި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް އެކުލަވާލުމަށްޓަކައި އިންޑިއާގައި މިހާރު ބޭނުންކުރާ ހުރިހައި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓަރަކްޗާ އެއްކޮށްލައި އެއް ވިއުގައަކަށް ގެނައުމެވެ. އޭގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ، މާލީ ދާއިރާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި އައިޑީކާޑާއި ޑިޖިޓަލް ޕޭމަންޓް ސިސްޓަމް އާއި ސަރުކާރުން ދޭ ޚިދުމަތްތަކާއި ސިއްޙީ ދާއިރާއާއި އެޑިއުކޭޝަންއާއި ހުނަރުތަކާ ބެހޭ މައުލޫމާތާއި ވާރުނެގުމާއި ބެހޭ ޑޭޓާއާއި ސުމޭކު ވިޔަފާރިއާއި މޮބައިލް މުވާސަލާތާއި އެނޫން އެހެން ހުރިހައި ސުމޭކު ޚިދުމަތެއްވެސް އެއް ވިއުގައެއްގައި ގެން ގުޅުމެވެ. މިމަސައްކަތުގައި އިސްކޮށށް ހުންނަވާނީ ޖީ20ގެ ސުމޭކު ޚިދުމަތްތަކާ ބެހޭ ޝޭރްޕާއަމީތާބް ކާންޓެވެ. އޭނާއަކީ އިންޑިއާގައި ބޭނުން ކުރާ ޑިޖިޓަލް އައިޑީ ކާޑް ނިޒާމު އާދާރްގެ މޭސްތިރިއެވެ.

ޖީ20 ރިއާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން އިންޑިއާއިން ޓާސްކްފޯސް އެކުލަވާލުމަށްފަހު އާންމު ފައިދާއަށް ބޭނުންކުރާ ބަންޑާރަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއާ ބެހޭ ގޮތުން ޖީ20ގެ މެމްބަރު ގައުމުތަކުގެ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.