އިންޑިއާއިން ބުރާސްފަތި ދުވަހު ބާއްވާ 74 ވަނަ ރިޕަބްލިކް ޑޭ ޕެރޭޑްގައި މިއަހަރު ސިފައިން ދައްކާނީ ހަމައެކަނި އިންޑިއާއިން އުފައްދާފައިވާ ހަތިޔާރެވެ. ސަގާފީ ގޮތުން ކޮންމެ ރިޕަބްލިކް ޑޭއެއްގައިވެސް އޮންނަ 21 ބަޑީގެ ސަލާމް ކުރާ 25 ރާތަލުގެ ބަޑި ޖަހާ އާސާރީ ބޮޑު ބަޑީގެ ބަދަލުގައި މިއަހަރު ބޭނުންކުރާ 105 އެމްއެމް ބޮޑު ބަޑިއަކީވެސް އިންޑިއާއިން އުފައްދާފައިވާ ބަޑިއެކެވެ.

މި ޕެރޭޑުގައި ހިމެނޭ ހާއްސަ އެހެން ކަންތައްތަކަކީ މިސްރުގެ އަސްކަރީ ކޮންޓިންޖެންޓެއް ބައިވެރި ކުރުމާއި އަލަށް ސިފައިންގެ ވަޒީފާއަށް ނެގި އަގްނިވީރުންނާއި އިންޑިއާގެ ބޯޑާ ފޯސްގެ ޖަމަލު ކޮންޓިންޖެންޓެއް ބައިވެރި ކުރުމެވެ. އަދި އޭގެ އިތުރުން 144 އަންހެން ކަލާސީ ސިފައިން ހިމެނޭ ކަނޑުގެ ސިފައިންގެ ކޮންޓިންޖެންޓެއް ލީޑް ކުރާނީވެސް އަންހެން އޮފިސަރެކެވެ.

އަދި އިންޑިއާގެ ކަނޑުގެ ސިފައިންނަށް 40 އަހަރު ދުވަސްވަދެން ޚިދުމަތް ކޮށްދީފައިވާ އިލްޔޫޝިން 38 މަރުކާގެ މަތިންދާބޯޓް އޭގެ ޚިދުމަތުގެ އެންމެ ފަހު ދުވަހަކަށްވާނީވެސް އެދުވަހެވެ.