އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އިޙުތިފާލްގައި ބަިއވެރިވެ ވަޑައިގަތުމަށް، މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ނިއުދިއްލީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އިންޑިއާއިން މިއަހަރު ފާހަގަ ކުރާ 74 ވަނަ ޖުމްހޫރީ ދުވަހުގެ ޕެރޭޑްގެ ޝަރަފްވެރި މެހުމާނަކީ އެމަނިކުފާނެވެ.

ރައީސް ސީސީގެ މި ދަތުރުފުޅަކީ، ޖެނުއަރީ 24ން27 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ސީސީގެ އަރިހު، ފަސް ވަޒީރުންނާއި އިސް އިސް މަސްއޫލުވެރިންގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އިސް މެހެމާނެއްގެ ގޮތުގައި މިސްރުގެ ރައީސްއަށް ދައުވަތު ދެއްވި ފުރަތަމަ ފަހަރެވެ. އިންޑިއާ އާއި މިސްރުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް 75 އަހަރު ފުރުން މި އަހަރު ފާހަގަކުރަމުންދާ ކަމެވެ. ޖީ20 ގެ ރިޔާސީ ދައުރުގައި އިންޑިއާއިން ވަނީ މިސްރަށް "މެހެމާން ގައުމެއްގެ" ހައިސިއްޔަތުން ދައުވަތު ވެސް ދީފަ އެވެ.

ރައީސް ސީސީގެ ޝަރަފްގައި ބާއްވާ ރަސްމީ ރިސެޕްޝަން އޮންނާނީ ރާޝްތުރަޕަތީ ބާވާންގައ މިއަދުއެވެ.

ރައީސް ސީސީގެ މި ދަތުރުފުޅުގައި ރައީސް ޑްރޫޕަދީ މުރްމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާ އެކު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.