އެމެރިކާގައި އަނެއްކާވެސް ބަޑި ޖަހައި މީހުން މެރުމުގެ އަމަލެއް ހިންގައިފިއެވެ. މިފަހަރު ބަޑިން ހަމަލަ ދީ ތިން މީހުން މަރާފައި ވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. މި ހަމަލަ ދީފައި ވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައެވެ.

އުމުރުން 21 އަހަރުގެ ޒުވާނާ، ވޮޝިންޓަންގެ ގޭސް ސްޓޭޝަނެއްގެ ފިހާރައަކަށް ވަންނަން މަސައްކަތް ކުރުމުން އެތަނަށް ނުވެދެވުމުން ކައިރީގައި ހުރި އެހެން ތަނަކަށްވެސް ވަދެ ސުއާލެއްވެސް ކުރުމަކާ ނުލައި ބަޑި ޖަހައި އެތާގައި ތިބި ތިން މީހުން މަރާލި އެވެ. ފަހުން އޭނާ ވަނީ އެހެން އަންހެނެއްގެ ފޯނު އަތުލައިގެން އޭނާގެ މަންމައަށް ގުޅައި އޭނާ މީޙުންތަކެއް މަރާލާފައވާ ކަމަށާއި އަދި އަމިއްލައަށް މަރުވަނީ ކަމަށް ބުނެފައެވެ. ފުލުހުން އެސޮރާ ހަމައަށް ފޯރި އިރު އޭނާ ވަނީ އަމިއްލަ ބޮލަށް ބަޑައި ޖަހައިގެން މަރުވެފައވެ.

އެމެރިކާގެ ވެރިރަށުގެ ޔަކިމާގައި ހިނގާފައިވާ ބަޑިޖެހުމުގެ މި ހާދިސާއަކީ ބަޑިން ހަމަލަ ދިނުމުގެ ދުނިޔޭގެ މަރުކަޒު، އެމެރިކާގައި ހިންގާފައިވާ އެންމެ ފަހުގެ ބަޑި ޖެހުމުގެ ހާދިސާއެވެ.

2023 ވަނަ އަހަރުން އަދި އެންމެ 25 ދުވަސް ފާއިތު ވެފައިވާއިރު، އެމެރިކާގައި މި25 ދުވަސް ތެރޭގައި ގާތްގަނޑަކަށް 37 ވަރަކަށް ގިނަ ބަޑިޖެހުމުގެ ހާދިސާ ހިނގާފައެވެ.