ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ހުންނަ ޓުއިޓާގެ މައި އޮފީހުގެ އެއް އިމާރާތުގެ ކުލި ނު ދެއްކުމުން ސޯޝަލް މީޑިއާގެ ރަސްގެފާނުގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އެލޮން މަސްކަކީ ކުލި ނުދައްކާ މީހެއްކަމަށް ބުނެ މީހުން ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ޑިސެމްބަރު މަހުގެ ކުލީގެ ގޮތުގައި ގާތްގަނޑަކަށް 3.4 މިލިއަން ޑޮލަރު މަސްކު ނުދައްކާ އޮތް ކަމަށް ބެލެވެއެވެ. އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި އިތުރު ބަދަލު ހޯދުމަށްވެސް ހުށަހަޅާފައި ވެއެވެ.