އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފް ވެރި މެހުމާނަކަށް ވަޑައިގަތް، މިސްރުގެ ރައީސް އަބްދުލްފައްތާޙު އައްސީސީއާއި އިންޑިއާގެ ޚާރިޖީ ވަޒީރު ބައްދަލު ކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުމުގެ ކުރިން އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިސްރުގެ ރައީސަށް ރާޝްތުރަޕަތީ ބަވަންގައި މަރުހަބާ ވިދާޅުވެފަ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް ވެވަޑައިގަތުމަކީ "ބޮޑު އިމްތިޔާޒެއް" ކަމަށް ވިދާޅުވެފަ އެވެ.

"މި ބޮޑު ދުވަހަށް އިންޑިއާގެ ގައުމާއި ސަރުކާރާއި ރައްޔިތުންނަށް ތަކުރާރުކޮށް ތަހުނިޔާ ދަންނަވަން. ޝަރަފުވެރި މެހެމާނަކަށް ވުމާއި ޝަރަފުވެރި ގައުމީ ދުވަހު ބައިވެރިވުމަކީ ވަރަށް ބޮޑު އިމްތިޔާޒެއް،" ދިއްލީގެ ރާޝްތުރަޕަތީ ބާވާންގައި އަބްދުލް ފައްތާހު އެލް ސީސީ ވިދާޅުވި އެވެ .

ސީސީ ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ބައިލެޓަރަލް ގުޅުން މުޅިން އާ އުސްމިނަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.