ހޮލެންޑްގެ ސިޓީއެއް ކަމަށްވާ ހޭގްގައި ހަރުކަށި ނަސާރާ ފިކުރުގެ މީހަކު ވަވީ ކީރިތި ޤުރުއާން ވީދާލައި އަންދައި ހަދާފައެވެ. ހޯމަ ދުވަހު ހަރުކަށި ފިކުރުގެ އެޑްވިން ވެގަންސްފެލްޑް ހިންގި އަމަލު އަރަބި އިސްލާމީ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

އަންގާރަ ދުވަހު ސައުދީ އަރަބިއްޔާ، އެމިރޭޓްސް، މިސްރު، ޖޯޑަން އަދި ފަލަސްތީނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ނެދަލެންޑްސްގައި އިސްލާމްދީނާ ދެކޮޅު ހަރުކަށި "ޕެގިޑާ" ހަރަކާތުގެ ލީޑަރު ކަމަށްވާ ވެގަންސްފެލްޑް ކީރިތި ޤުރުއާނު ވީދާލައި، އަންދާލާފައި ވަނީ ސްވިޑެންގެ ހަރުކަށި ފިކުރުގެ ރަސްމުސް ޕަލޫޑާން ސުއިޑްންގެ ވެރިރަށުގައި ތުރުކީ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން އަންދާލިތާ ދެ ދުވަސް ފަހުންނެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ ހޭގުގައި ކީރިތި ޤުރުއާނަށް ދިން ސޮލީބީ ހަމަލާއާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އަންކާރާގައި ހުންނަވާ ޑަޗް ސަފީރު ޖޯޕް ވިހަންޑްސް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ.