އިނގިރޭސިވިލާތުގައި އާދަޔާ ޚިލާފަށް ގިނައިން ބިދޭސި ކުޑަ ކުދިން ވަގަށް ނަގަމުން ދާއިރު އިނގިރެސި ސަރުކާރުން އެކަމާ ކަންބޮޑެއް ނުވެއެވެ. އިނގިރޭސިވިލާތުގެ އިމިގްރޭޝަން މިނިސްޓަރު ރޮބަޓް ޖެންރިކް ވަނީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ބެލެނިވެރިންނާ ނުލައި އިނގިރޭސިވިލާތަށް ވަދެފައިވާ 200 ކުޑަކުދިން ގެއްލިފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އޮބްޒާވާ ނޫހުން ވަނީ އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ޝާއިއުކޮށްފައެވެ. ޕާލަމެންޓްގައި މިނިސްޓަރު ވިދާޅުވީ ގެއްލޭ ކުދިންނަކީ އަލްބޭނިއާއިން އެތެރެވި ކުދިން ކަމަށެވެ.

ދަ އޮބްޒާވަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ދެކުނުގެ ބްރައިޓަންގެ ހޮޓާތަކުގެ ބޭރުގައި ކުށްވެރި ގޭންގުތަކުން ތިބެގެން ކުދިން ވަގަށް ނަގާ އެވެ.

ވަޒިރު ވިދާޅުވިގޮތުގައި ޖުލައި 2021 އިން ފެށިގެން މިހާތަނަށް 440 މީހުން ގެއްލިފައިވެއެވެ. އަދި މި އެންމެންނަކީވެސް ހިމާޔަތް ހޯދާ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ.